މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯޕަރޭޓް ފައިނޭންސް މެނޭޖަރ

ކޯޕަރޭޓް ފައިނޭންސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ކޯޕަރޭޓް ފައިނޭންސް މެނޭޖަރ

ކޯޕަރޭޓް ފައިނޭންސް މެނޭޖަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ، ކުންފުނީގެ ކެޕިޓަލް އިތުރުކޮށް، ވިޔަފާރީގެ ފުރުސަތު ތަނަވަސްކޮށް، ވިޔަފާރި މުޢާމަލާތްތައް އެކިއެކި ސްޓޭކްހޯލްޑަރުންނާއެކު ހިންގާ، ކުންފުނީގެ ކެޕިޓަލް އިންވެސްޓްކޮށް، ކުންފުނީގެ ކެޕިޓަލް ހަރުދަނާކޮށް އިތުރުކުރުމުގެ ގޮތުން ކުންފުންޏަށް ފެސިލިޓީޒް ގަނެވިއްކޭނެ ފަދަ ނިޒާމެއް އެކުލަވައިލުމެވެ. މި މަޤާމުގެ މައި މަޤުޞަދެއްގެ ގޮތުގައި ކުންފުނީގެ ފައިނޭންޝަލް ޑިރެކްޝަނާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާއެރުވުމާއި، ފައިނޭންޝަލް ސްޓްރެޓީޖިކް ޕްލޭންއެއް އެކުލަވައިލުން ހިމެނެއެވެ.

މަޤާމު

މެނޭޖަރ

ކްލެސިފިކޭޝަން

މަހަކު -/15،200 އާއި -/17،900 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގ އެލަވަންސް: މަހަކު -/4000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ

- އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް: -/5000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ފައިނޭންސް ޑިޕާޓްމަންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި މެނޭޖްމެންޓް އާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މެނޭޖްމެންޓްގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 3 ގެ ލެވެލްއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް

  • ކުންފުނީގެ ފައިނޭންޝަލް ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވައިލައި އެއާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ފައިނޭންސް (އާމްދަނީ) ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
  • ކުންފުނީގެ ކެޕިޓަލް އިތުރުކޮށް ޓާރގެޓްސްތަށް ހާސިލުކުރާނެ ގޮތްތަކަކާމެދު ލަފާއެރުވުން
  • ކުންފުނިން ކުރާނެ އިންވެސްޓްމެންޓްތަކާ ގެންގުޅިގެން އެންމެ ރަނގަޅު އުކުޅުތަކާ ގުޅޭ ގޮތުން މެނޭޖްމަންޓަށް ލަފާއެރުވުމާއި ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުން
  • ފައިނޭންޝަލް މޮޑެލިންގް ބޭނުންކޮށްގެން ކުންފުނީގެ ކޭޝް ފްލޯ ފޯކާސްޓް ތައްޔާރުކުރުން
  • ވިޔަފާރީގެ މަރުޙަލާގައި ހިނގާ މަޝްވަރާތަކުގައި ލަފާދިނުމާއި ވިޔަފާރީކުރާނެ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރުން
  • ފައިނޭންސް ޑިޕާޓްމަންޓާ ގުޅުންހުރި ލީގަލް ލިޔެކިއުންތައް އަދި ޕްރޮސްޕެކްޓަސް ތައްޔާރުކުރުން
  • ފައިނޭންޝަލް ރިސްކްސް އަދި ރިޓަރން ޕްރެޑިކްޓް ކުރުން
  • ބިޑް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ލަފާދިނުން
  • އޮޑިޓް މަސައްކަތް ރާވައި ހިންގުން
  • ފައިނޭންސް ސެކްޝަންގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
  • ބޭންކުގެ މުޢާމަލާތްތައް މޮނީޓަރކުރުން
  • ކުންފުނީގެ ފައިނޭންޝަލް ރިޕޯޓުތައް ކަޑައެޅިފައިވާ އުސޫލުގެ މަތިން ތައްޔާރުކުރުން
  • މުސާރައާއި ކުންފުނީގެ މަހުން މަހަށް ކުރާ ޚަރަދުތައް ބެލެހެއްޓުން
  • ކުންފުނިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ސަރުކާރާއި ބޭންކްތަކާއި އަދި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކާ ގުޅިގެން މަސައްކަތްކުރުން
  • މާލިއްޔަތު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން

މަޤާމުގެ މަސްއޫލިއްޔަތު

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއިންނާއި ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ކައުންޓަރުން އަދި މާފަންނު ޔޫތު ސެންޓަރުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު 4:00އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

24 ޝަޢުބާން 1437

31 މޭ 2016
ހޯދާ