މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީ ހިތަދޫގައި ޢިމާރާތްކުރެވޭ 264 ފްލެޓްގެ ތެރެއިން، 230 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އައްޑޫސިޓީ ހިތަދޫގައި ޢިމާރާތްކުރެވޭ 264 ފްލެޓްގެ ތެރެއިން، 230 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީ ހިތަދޫ އަވަށުގައި ޢިމާރާތްކުރެވޭ 264 ފްލެޓުގެ ތެރެއިން، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އަވަށުގެ ރައްޔިތުންނަށް ޚާއްޞަކުރެވިގެން ހުޅުވާލެވޭ 230 ފްލެޓުން، ފްލެޓަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވި، ފްލެޓަށް އެދޭ ފޯމު 05 ޖޫން 2016 ން ފެށިގެން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީންނާއި، ލޭންޑްބިލްޑިން އެންޑް މުނިސިޕަލްސަރވިސަސް ޑިޕާޓްމަންޓް، ފޭދޫ ސެކްޝަނުންނެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓް www.housing.gov.mv އިން ފްލެޓަށް އެދޭފޯމު ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 ޖުލައި 2016 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް، އައްޑޫސިޓީ ހިތަދޫ އޮފީހުންނެވެ.

ވީމާ މި ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި ޝަރުޠު އާންމުކޮށް އިޢުލާންކުރީމެވެ.

 

31 މޭ 2016
ހޯދާ