މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންފޯރމޭޝަން ޓެކްނޮލޮޖީ އޮފިސަރ

އިންފޯރމޭޝަން ޓެކްނޮލޮޖީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

އިންފޯރމޭޝަން ޓެކްނޮލޮޖީ އޮފިސަރ

މަޤާމް

އޮފިސަރ

ކްލެސިފިކޭޝަން

މަހަކު -/6000 އާއި -/8500 ރުފިޔާއާ ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ކޯޕަރޭޓް މެނޭޖްމެންޓް ޑިޕާރޓްމެންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލްގެ ސަނަދެއް ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލެއްގައި މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް

  • ކުންފުނި ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވުން
  • އޮފީހުގެ ކޮމްޕިއުޓަރުތަކަށާއި ނެޓްވޯރކަށް ދިމާވާ މައްސަލަތއް ޙައްލުކޮށްދިނުން
  • ކުންފުނީގެ އެތެރޭގެ ވިޔުގަތަކާއި، ސަރވަރއާއި އެހެނިހެން ވިޔުގަތައް ބެލެހެއްޓުމާއި ކުރިމަވިތާ މައްސަލަތައް ޙައްލުކުރުން.
  • ކޮމްޕިޔުޓަރުތަކުގައި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ހައްލުކުރުމާއި، ސޮފްޓްވެއަރ އަޅައި، އެ ބޭނުންކުރާނެގޮތުގެ އިރުޝާދު ޑިޕާޓްމަންޓްތަކަށް ދީ، މުވައްޒަފުން ތަމްރީން ކުރުން
  • އޮފީހުގެ ކޮމްޕިއުޓަރުތަކަށް ބޭނުންވާ އެންޓިވައިރަހާއި އެހެނިހެން ސޮފްޓްވެއަރ އަޅައިދީ އާކޮށް ބެލެހެއްޓުން
  • ކޯޕަރޭޓް ސަރވިސަސް ޑިޕާޓްމަންޓްގެ އެކި ކަންކަމުގައި އެހީ ފޯރުކޮށްދިނުން

މަޤާމުގެ މަސްއޫލިއްޔަތު

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނުގެ ތިރީގައި ބަޔާންކޮށްފައި އެވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

24 ޝަޢުބާން 1437

31 މޭ 2016
ހޯދާ