ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ފޯމަން
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މުސާރަ: މަހަކު -/3470 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ހިތަދޫ ސްކޫލް، ސ. ހިތަދޫ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ހިތަދޫ ސްކޫލް، ސ. ހިތަދޫ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ސްކޫލުގެ މަސައްކަތު ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންތައްތައް، މެނޭޖްމެންޓުގެ އިރުޝާދާއެކު ރާވައި ހިންގައި ބެލެހެއްޓުމާއި، އެޑްމިނިސްޓްރޭޓިވް ސެކްޝަނުގެ އިސްވެރިޔާއަށް މި މަޢުލޫމާތު ފޯރުކޮށްދިނުން.
2. ސްކޫލުގައި ހުންނަ މަރާމާތާ ގުޅޭ މަސައްކަތްތައް ބަލައި ޗެކްކޮށް، ބަޖެޓް ސެކްޝަނާ ހަވާލުވެހުންނަވާ އިސްބޭފުޅަކަށް ދަންނަވައިގެން މެނޭޖްމެންޓުން އަންގަވާ ގޮތެއްގެ މަތިން، މަސައްކަތު މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މަސައްކަތްތައް ކުރުވުން.
3. ސްކޫލުގެ ގޯތިތެރޭގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް، މަސައްކަތު މުވައްޒަފުންގެ އެހީތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުމާއި، އިމާރާތްތަކުގެ ދިޔަދޮވިތައް ކޮންމެ މަހަކު އެއްފަހަރު ސާފުކުރުވައި، ސްކޫލުގައި ބެހެއްޓިފައި ހުންނަ ބޯފެންތާނގީތައް ސާފުކުރުވައި، ބަލަހައްޓައި، ވާރޭވެހޭއިރު ދިޔަދޮވިތައް ސާފުކުރުވައި، ތާނގީތަކަށް ސާފު ވާރޭފެން ނެގޭނެ އިންްތިޒާމް، މަސައްކަތު މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރުން.
4. ސްކޫލުގެ ގޯތިތެރެއިން ނަގާ ކުނިތައް އެއްތަނަކަށް ޖަމާކުރުވުމަށްފަހު، ކުނިތައް އުކައިލެވޭނެ އިންތިޒާމް، މެނޭޖްމެންޓާ ގުޅިގެން ކުރުމާއި، އޮފީސް އިމާރާތުން ބޭރުކުރާ ކަރުދާސްފަދަ ތަކެތި ދުވަހުން ދުވަހަށް އަންދާލުމުގެ އިންތިޒާމް އެތަނުގައި މަސައްކަތްކުރާ މަސައްކަތު މުވައްޒަފުގެ އެހީތެރިކަމާއެކު ކުރުން.
5. ސްކޫލުގައި ބާއްވާ އެކިއެކި ޖަލްސާތަކަށާއި، ހިންގާ އެކިއެކި ހަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ ހޯލުފަދަ ތަންތަން (މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން) މަސައްކަތު ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާއެކު ތައްޔާރުކުރުވުމާއި، ސްކޫލުގެ ދިރާސީއަހަރު ފެށެންވާއިރަށް ސްކޫލް ތައްޔާރުކުރުމުގެގޮތުން މެނޭޖްމަންޓުން ހަވާލުކުރާ މަސައްކަތްތައް، ހުރިހާ މަސައްކަތު މުވައްޒަފުންގެ ބައިވެރިކޮށްގެން ފަރުވާތެރިކަމާއެކު ވަގުތަށް ނިންމުން.
6. ސްކޫލުގެ އިިމާރާތަށް ނުވަތަ އެއްޗަކަށް އެއްވެސް މީހަކު ގެއްލުމެއްދޭތަން ފެނިއްޖެނަމަ، ސްކޫލުގެ އިސްވެރިންނަށް ވަގުތުން އެކަން އެންގުން.
މަޤާމުގެ ޝަރުޠު:
1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ވަޒީފާގެ ޝަރުޠު: ކަނޑައެޅިފައިވާ އިންސައްތަ % 12
- ތަޢުލީމާއި ތަމްރީން: ކަނޑައެޅިފައިވާ އިންސައްތަ %26
- މަސައްކަތުގެ ތަޖުރިބާ: ކަނޑައެޅިފައިވާ އިންސައްތަ % 14
- ލިބިފައިވާ ހުނަރު / އިންޓަވިއު: ކަނޑައެޅިފައިވާ އިންސައްތަ %48
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 14 ޖޫން 2016 އާއި 16 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތުދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހިތަދޫ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 13 ވާ ހޯމަދުވަހުގެ 14:00 އެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހިތަދޫ ސްކޫލުގެ 6886908 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
24 ޝަޢުބާން 1437