ދިވެހިރާއްޖެ
އައި.އެސް.އޯ ރީސެޓިފިކޭޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަކީ 2013 ސެޕްޓެމްބަރު 21 ގައި އައި.އެސް.އޯ 9001:2008 އަށް ސެޓިފައިކޮށްފައިވާ އިދާރާއެކެވެ. 2016 ސެޕްޓެންބަރު 20 ވަނަ ދުވަހު އެ ސެޓުފިކެޓުގެ މުއްދަތު ހަމަވާތީ މި ކޮމިޝަނުން ރީސެޓިފިކޭޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ކޮމިޝަންގެ އިދާރާ ހ. ވެލާނާގޭ 12 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން 2016 ޖޫން 7 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން 2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް
|