މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ކޮމާޝަލް ހާބަރ ސަރަޙައްދަށް ޕިކަޕް ވެއްދުމާބެހޭ

އިޢުލާން

މާލޭ ކޮމާޝަލް ހާބަރުން މުދާ ކުލިއަރކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އިތުރު ޕިކަޕް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހުއްދަދެވޭނީ މާލޭ ޓެކްސީ ސެންޓަރުތަކުގައި ރަޖިސްޓަރީކުރެވިފައިވާ ޕިކަޕުތަކަށެވެ.

ވީމާ، މުދާ ކުލިއަރކުރުމަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން އިތުރު ޕިކަޕް ބޭނުންކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތައް މި ކުންފުންޏަށް ވަޑައިގެން އެކަމާގުޅޭ އިންތިޒާމު ހަމަޖެއްސެވުން އެދެމެވެ. އަދި 2016 ޖޫން 02 ވަނަ ދުވަހުން ފެށިގެން މުދާ ކުލިއަރކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ޕިކަޕް ބޭނުންކުރުމުގެ ހުއްދަދެވޭނެ ކަމުގައި ދެންނެވީމެވެ.

24 ޝަޢުބާން 1437

 

31 މޭ 2016
ހޯދާ