ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ޢިނާޔަތު ފައިސާދިނުން

އިޢުލާން

ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތްދެމުން ނުދާކަން މި އޮތޯރިޓީން ކުރާ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވެއެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޢިނާޔަތް ދެމުން ނުދާކަންވެސް ފާހަގަ ކުރެވިފައިވެއެވެ.  

ޤާނޫނު ނަންބަރު 2/2008 (ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާގައި ވަނީ،

(ހ) ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން -/3،000 (ތިން ހާސް) ރުފިޔާ ދޭންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢިނާޔަތްދިނުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާ އެންމެހައި ފަރާތްތައްވެސް ހިމަނަންވާނެއެވެ.

(ނ) ވަޒީފާއަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތްދިނުމަކީ ވަޒީފާދޭ ފަރާތަށް އިޚުތިޔާރު ލިބިގެންވާ ކަމެކެވެ. މި އިޚްތިޔާރުގެ ދަށުން ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ.

ވީމާ، ވަޒީފާދެއްވާ އެންމެހައި ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، 1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތް ދެއްވުމަށް ދެންނެވީމެވެ.

24 ޝަޢުބާން 1437

31 މޭ 2016
ހޯދާ