ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ، ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

 
 

1. މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

އަދަދު

3

މަސައްކަތްކުރަންޖެހޭ ތަން

ހައިކޯޓު ދެކުނު ގޮފި / ސ.ހުޅުދޫ – ސ.މީދޫ، ދިވެހިރާއްޖެ.

އަސާސީ މުސާރަ

މަހަކު -/9412 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް: މަހަކު -/3000 (ތިންހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: މަހަކު -/2850 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މަހަކު މުސާރައިގެ %60

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު

މަސައްކަތްތައް

1- މައްސަލަތަކަށް ބޭނުންވާ ލިޔުންތައް، ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ފުރިހަމަކުރުން.

2- އިނގިރޭސި ބަހުން ލިޔެފައި ހުންނަ ޓެކްނިކަލް ޑޮކިއުމެންޓުތަކާއި، ކޮންޕްލެކްސް ޑޮކިއުމެންޓުތައް، ކޯޓުގެ ބޭނުންތަކަށް ތަރުޖަމާކުރުން.

3- އަލަށް ހެދޭ ޤާނޫނުތަކާއި ޑްރާފްޓް ބިލުތަކުގައި ހުރެދާނެ ޤާނޫނީ މައްސަލަތައް ފާހަގަކޮށް، އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހެޅޭ ހިނދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ދިރާސާތައް ކުރުން.

4- މަދަނީ މައްސަލަތަކުގައި ނަގައިދެވޭ ބަދަލު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން.

5- ޤަޟިއްޔާތަކަށާއި އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ހޯދުން.

6- މައްސަލަތައް ދިރާސާކުރުމާއި، ޤާނޫނުތައް ދިރާސާކުރުން.

7- ޙުކުމްތަކާއި ކޯޓު އަމުރުތައް ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.

8- ޕްރީޓްރަޔަލް ކަންކަމުގައި ފަނޑިޔާރުގެ ސެކްޝަނުން ކުރަންޖެހޭ ކަންތައްތަކުގެ އިންތިޒާމު ހަމަޖެއްސުން.

9- މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓު އެކުލަވައިލުމުގެ އިންތިޒާމު ހަމަޖެއްސުން.

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރި ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ކުރާ ފަރާތެއް ކަމުގައިވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ހިންގުމުގެ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • އިދާރީ މަސައްކަތްތަކާއި ލީގަލް މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތެއްކަމުގައިވުން.
  • އައްޑޫ ސިޓީގައި މުގީމުވެ ތިބޭފަރާތްތަކަށްވުން

2. މަޤާމު

ޑްރައިވަރ

ރޭންކް: އެސް.އެސް 2

އަދަދު

1

މަސައްކަތް ކުރަންޖެހޭ ތަން

 ހައިކޯޓު ދެކުނު ގޮފި / ސ.ހުޅުދޫ – ސ.މީދޫ، ދިވެހިރާއްޖެ.

އަސާސީ މުސާރަ

މަހަކު  -/3,470 ރުފިޔާ

އެލަނަންސް

- ސަރވިސް އެލަވަންސް: މަހަކު -/1000 (އެއްހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: މަހަކު -/2850 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މަހަކު މުސާރައިގެ %45

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިއުމާއެކު،  SS1 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1- ކޯޓުގެ ބޭނުމައް ނެގިފައިވާ، ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުން.

2- ކޯޓުގެ ބޭނުމަށް ރަސްމީގޮތުން ކުރަންޖެހޭ ދަތުރުތައް ކުރުން.

3- ކޯޓުގެ ފަނޑިޔާރުން ރަސްމީ ބޭނުންތަކުގައި ރަސްމީ އަދި ނުރަސްމީގަޑީގައި ދާންޖެހޭ ތަންތަނަށް ގެންދިއުމާއި އަނބުރާ ގެނައުން.

4- ވެހިކަލްތައް ފޮހެ ސާފުކުރުމާއި ޕޮލިޝްކުރުން.

5- ދަތުރުތަކުގެ ލޮގުފޮތް ބެލެހެއްޓުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ ފަދަ ޞިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.

ސ. ހުޅުދޫ އަދި މީދޫގެ މަގުތަކާއި، ގޯތިތަށް ފަރިތަކަމާއެކު އެނގޭ ފަރާތެއްކަމުގައިވުން.

  • އައްޑޫ ސިޓީގައި މުގީމުވެ ހުންނަ ފަރާތަކަށްވުން

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

30 މޭ 2016
ހޯދާ