އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރގެ 2 މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :ސްފޮޓްވެއަރ ޑިވެލޮޕަރ
ބޭނުންވާ އަދަދު :2

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށުމުގެގޮތުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ސްފޮޓްވެއަރގެ މަސައްކަތްކުރުމަށްޓަކައި ސްފޮޓްވެއަރ ޑިވެލޮޕަރުގެ މަޤާމަށް މީހުން ހޯދުމަށް 3 މޭ 2016 ގައި މި ހޮސްޕިޓަލުން ކޮށްފައިވާ 137HR/IU/2016/76 ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:

މަހަކު -/15000 ރުފިޔާއާއި -/8000 ރުފިޔާއާ ދެމެދު

(މި މަޤާމުގެ މުސާރަ ކަނޑައަޅަނީ، ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 ޕީ.އެޗް.ޕީ އިން ޕްރޮގްރާމް ލިޔުން

 

ތަޢުލީމާއި ތަޖުރިބާ:

- ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ/ ކޮމްޕިއުޓަރ ސައިންސް ލިބިފައިވުން. ނުވަތަ؛

- ޖީ.ސީ.އީ އޯލެވެލުން 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލުން 3 މާއްދާއިން "ސީ" އަށްވުރެ މަތިން  ފާސްވެފައިވުމާއެކު، 2 އަހަރުދުވަހުގެ ޕްރޮގްރާމިންގ ތަޖުރިބާ ހުރުން. އަދި،

- މި ހޮސްޕިޓަލުންދޭ ޕްރެކްޓިކަލް ޓެސްޓުން ފާސްވުން.

ކޮންޓްރެކްޓުގެ މުއްދަތު:

މީލާދީ 1 (އެކެއް) އަހަރުދުވަސް

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ސޮފްޓްވެއަރ އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް:

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓުގެ ކޮޕީ)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރުފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓާއި ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.

 

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 13 ވާ ހޯމަދުވަހުގެ 1.30 އެވެ. ތަކެތި ހުށަހަޅާނީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ. 2016 ޖޫން 13 ވާ ހޯމަދުވަހުގެ 1.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3335234 އެވެ. ނުވަތަ 3335343 އެވެ.

22 ޝަޢުބާން 1437

29 މޭ 2016
ހޯދާ