މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ގެ ޢުމްރާ ދަތުރުގައި ކަސްޓަމަރ ސަރވިސް އޮފިސަރގެ މަޤާމުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހަކު ބޭނުންވެއެވެ.

މަޤާމް:

ކަސްޓަމަރ ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

1. ޙައްޖާއި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެގޮތުގައި މަސައްކަތްކޮށް، މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2. ޢަރަބި ބަހުން މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ޢުމްރާ ދަތުރުގައިދާ ފަރާތްތަކަށް އެހީތެރިވުން.

2. ޢުމްރާވެރިންނަށް މައްކާއާއި މަދީނާގެ ހޮޓަލުގައި ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުން.

3. ހޮޓަލުގައި ޢުމްރާވެރިންނަށް އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

4. ޢުމްރާވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ހޮޓަލާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައްކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މި ފޯމު، ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

3. މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

2016 ޖޫން 2 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް މީހުން ހޮވުމުގައި، ޢަރަބިބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖާއި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ޝަރުޠުހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތަކަށް ފުރުޞަތު ދެވޭނެއެވެ. 

- އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް، މި ކޯޕަރޭޝަނުގެ އީމެއިލް [email protected] އަށް ހުށަހެޅުން އެދެމެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3011000 ނަންބަރު ފޯނަށެވެ.

 22 ޝަޢުބާން 1437
29 މޭ 2016
ހޯދާ