ދިވެހިރާއްޖެ
މަޤާމް :ޑިރެކްޓަރ ޖެނެރަލް | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާނު މަގާމު: ޑިރެކްޓަރ ޖެނެރަލް މަގާމުގެ ރޭންކާއި ކްލެސިފިކޭޝަން: އީ.އެކްސް 5 / ޑިރެކްޓަރ ޖެނެރަލް އޮފީސް / އިދާރާ: މޯލްޑިވިއަން ބްލަޑް ސަރވިސަސް ސެކްޝަން: - ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް: މޯލްޑިވިއަން ބްލަޑް ސަރވިސަސް މުސާރަ: -/13،890 ރުފިޔާ (މަހަކު) ސަރވިސް އެލެވަންސް: -/2،000 ރުފިޔާ (މަހަކު) ބޭނުންވާ ޢަދަދު: 1 (އެކެއް) ގިންތި: ދާއިމީ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
(ހ) މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގުމާގުޅޭގޮތުން ސިޔާސަތުތައް އެކުލެވުމަށާއި މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތާއި ލަފާ، ވަޒީރު ބޭނުންވާ ކޮންމެ ވަގުތެއްގައި ދިނުމާއި، އެކުލަވައިލެވޭ މަޝްރޫޢުތައް ސީދާ ވަޒީރުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛ (ށ) ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން ކޮންމެހެން ރިވިއު ކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ގެނައުން؛ (ނ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫއުތައް، އަދި ބޭނުންވާ ހިނދު ހިނދަށް ސްޓްރެޓީޖިކް ޕްލޭނާއި، ބިޒްނަސް ޕްލޭން އަދި އެކި ޙަރަކާތުގެ މަސައްކަތު ތާވަލު އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން؛ (ރ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގައިޑްލައިންތައް ހަދައި ހިންގުން؛ 4. ވަޒީރު ޖަވާބުދާރީވާން ޖެހޭ ކަންކަމާއި ހާލަތުތަކުގައި އޭނާއަށް އެހީތެރިވުން. މި ގޮތުން: (ހ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާބެހޭގޮތުން ވަޒީރު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ހާލަތުތަކުގައި އެ ކަމުގެ ފުރިހަމަ އެހީތެރިކަން ދިނުން؛ (ށ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި، ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅުންހުރި މައްސަލަތަކުގައި މީޑިޔާގައާއި، އާންމުންގެ ތެރޭގައި އުފެދޭ ސުވާލުތަކާ ގުޅޭގޮތުން ވަޒީރަށް ކުރިއަށް މަޢުލޫމާތު ދީ އެ ކަމުގައި ވަޒީރު ޖަވާބުދާރީ ވުމަށް އެހީތެރިވުން؛ 5. މޯލްޑިވިއަން ބްލަޑް ސަރވިސަސް އިދާރީގޮތުން ހިންގައި ބެލެހެއްޓުން. މިގޮތުން: (ހ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތައް ހަލުވިކަމާއި އޮމާންކަމާއެކު ނަތީޖާ ބޮޑު ގޮތެއްގައި ހިންގައި ބެލެހެއްޓުމަށްޓަކައި، ބޭނުންވާ މުވައްޒަފުންނާއި އެހެނިހެން ވަސީލަތުގެ ބޭނުން ކޮށްގެން، އެކި އެކި އިންތިޒާމުތައްކޮށް އެ ކަންކަން ހިންގުން؛ (ށ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދެމެހެއްޓުން؛ (ނ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެކިއެކި ޚިދްމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދްމަތް ދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް، ޚަރަދު ކުޑަ ގޮތްތައް ހޯދައި ތަޢާރަފުކޮށް އެ ކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދިއުން؛ އަދި އެ ކަންކަން އެ ގޮތަށް ކުރުމަށް ބޭނުންވާ، މަގުފަހިކުރާ، ގައިޑްލައިންތަކާއި، ޕްރޮސީޖަރުތަކާއި، އުސޫލުތައް އެކުލަވައި ހާމަކޮށް، ކަން ހިނގާގޮތް މޮނިޓަރކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން؛ (ރ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާބެހޭގޮތުން ހަދަންޖެހޭ ޤާނޫނުތަކާއި، އިޞްލާޙު ކުރަންޖެހޭ ޤާނޫނުތައް ފާހަގަކޮށް، ވަޒީރުގެ ސަމާލުކަމަށް ގެނައުން؛ (ބ) ވަޒީރުގެ ލަފަޔާއެކު މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާބެހޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި އިޞްލާޙު ކުރަންޖެހޭ ގަވާއިދުތައް އިޞްލާޙު ކުރަމުން ގެންދިއުން؛ 6. މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި އިސްނެގުމުގެ ރޫޙާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކޮށް ދެމެހެއްޓުން. މިގޮތުން: (ހ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މުވައްޒަފުންގެ ގުޅުން ރަނގަޅުކޮށް މަސައްކަތަށް އަހުލުވެރިކޮށް ދާއިރާގެ މަސައްކަތްތައް ކުރިއަރަމުންދާނޭ ގޮތްތައް އެންމެންނާ ހިއްސާކުރުން؛ (ށ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ޚިދުމަތް ދިނުމުގެ އާ ގޮތްތައް ހޯދުމަށާއި، ޚިދުމަތްދިނުމުގެ އައު ބަދަލުތަކަށް ޝައުޤުވެރި ކުރުވުން؛ (ނ) ދާއިރާ ޤައުމީ ފެންވަރުގައްޔާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތް ކުރުމާއި، އެ ރޮނގުން އެހެން މުވައްޒަފުންނަށް މަގުދެއްކުން. 7. މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރައްގީކޮށް އެންމެ ހެޔޮގޮތުގައި ބޭނުންހިފުން. މިގޮތުން: (ހ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވައިލައި، މުވައްޒަފުން ހޯދައި، އެ މުވައްޒަފުންގެ ވަޒީފާއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން؛ (ށ) ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް ތަންފީޒު ކުރުމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މުވައްޒަފުން ޢަމަލުކުރުން ކަށަވަރުކުރުވުމާއި އެ ކަންކަމުގައި މުވައްޒަފުން ޖަވާބުދާރީ ކުރުވުން؛ (ނ) މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުގެ ނީޑްސް އެސެސްމަންޓް ހެދުމާއި، އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ދާއިރާއަށް ލިބެނޭ ގޮތްތައް ހޯދުން؛ (ރ) މުވައްޒަފުންނަށް ކެރިއަރ ޕާތުތައް ރާވައި، ކެރިއަރ ބޭސްޑް އުސޫލަކުން މުވައްޒަފުންގެ ކަންތައްތައް ހިންގުން؛ (ބ) މުވައްޒަފުން ގެ ކުރިއެރުމަށް އަދި ކުރިއެރުވުމަށް، ގަވާއިދު ތަންދޭ އެންމެ މަތީ ދަރަޖައަކަށް އަބަދުވެސް މަސައްކަތް ކުރުން، އަދި ޕަރފޯމަންސް ވަޒަން ކުރެވޭނޭ ނިޒާމުތައް ގާއިމުކޮށް އެ ކަމުގެ ފަންނީ ގޮތުގައި ތަންފީޒުކުރުން؛ (ޅ) މުވައްޒަފުންގެ ޙައްގުތައް ޙިމާޔަތް ކުރުން އަދި ޙިމާޔަތް ކޮށްދިނުން؛ (ކ) މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެ ކަންކަމަށް އިންސާފު ގާއިމުކުރުން؛ 8. އިސް ނެގުމާއި، އައު ގޮތްތަކާއި، އެންމެ ރަނގަޅު ގޮތްތަކާއި، އައު ޓެކްނޮލޮޖީއާއި ހުނަރަށް އިސްކަން ދީގެން މުވައްޒަފުންނަށް އެ ރޮނގުތަކުން ކުރިއެރުން ގެނެސް، ކުރެވޭ މަސައްކަތަށާއި ދެވޭ ޚިދްމަތަށް އޭގެ އެދެވޭ ކުރިއެރުން ގެނައުން. އެ ގޮތުން: (ހ) އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާގައި ކަންކުރާ ގޮތް ބަލައި ރާއްޖެއަށް ރަނގަޅު މޮޅު ގޮތްތައް ހޯދައި ދެނެގަނެ، އެ ގޮތްތައް ތަޢާރަފުކުރުން؛ (ށ) މަސައްކަތް ފަސޭހަކޮށް އަވަސްކޮށް ޚަރަދު ކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީއަށް އަބަދުވެސް ފާރަވެރިވެ، އެ ޓެކްނޮލޮޖީ ތަޢާރަފުކުރުން؛ (ނ) މަސައްކަތާ ގުޅޭ ބޭރުގެ ފަރާތްތަކާއި ވިއުގަކޮށް، ގުޅުން ބަދަހިކޮށް ތަޖްރިބާ ހިއްސާކޮށް ހެދުން؛ (ރ) މަސައްކަތާ ގުޅުން ހުރި ރޮނގުރޮނގުގެ މަޖައްލާއާއި އައު ހޯދުމާއި އިލްމީ ދިރާސާތަކަށް ޝައުޤު ބަހައްޓައި ހޯދައި ލިބިގަތުން؛ (ބ) ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރުގެ ތެރޭގައި ހިންގި އަދި ހިނގާފައިވާ ކަންކަމާބެހޭ ރިޕޯޓު އެކުލަވައިލުމަށްފަހު ވަޒީރަށް ހުށަހެޅުން. 9. ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރެވިއްޖެނަމަ، އެ ޒިންމާ އަދާކުރުން. 10. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި ޒިންމާދާރު އިސްވެރިޔާ އަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަން ޒިންމާއާއެކު ބަރާބަރަށް އަދާކުރުން. މިގޮތުން "ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުންވެސް ހިމެނެއެވެ. މަގާމުގެ ޝަރުޠުތައް: 1. ކްލިނިކަލް، އެލައިޑް ހެލްތު ނުވަތަ ޕަބްލިކް ހެލްތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އީ.އެކްސް 1 ރޭންކުގައި ކްލިނިކަލް، އެލައިޑް ހެލްތު ނުވަތަ ޕަބްލިކް ހެލްތު ދާއިރާއަކުން މަދުގެވެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް:[email protected] / ފެކްސް ނަންބަރު:3303648) ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) 6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2016 ޖޫން 26 އާ 2016 ޖުލައި 14 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. ޝޯޓް ލިސްޓުކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:
(33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.) އުޖޫރައާއި ޢިނާޔަތްތައް:
ނޯޓު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 23 ޝަޢުބާން 1437 |