ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1 (މެނޭޖީރިއަލް ސަރވިސް 1)

މަގާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް)

ސެކްޝަން:

-  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

* އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާ.

* އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ.

* ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ.

* ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ.

* ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާ.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

1. ކައުންސިލް އިދާރާ ހުޅުވައި ބަންދުކުރުމާއި، ރިސެޕްޝަން ކައުންޓަރު ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން.

2. ރަށަށް ލިބޭ ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުމާއި، ޕްރެޖެކްޓްތަކަށް ޕްރޮޕޯސަލް ތައްޔާރުކުރުން.

3. އިންތިޚާބުތަކާ ބެހޭގޮތުން އިކެލްޝަންސް ކޮމިޝަނުންނާއި ހއ. އަތޮޅު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަންތައްތައް ކުރުން.

(ހ) އިލެކްޓޯރަލް ރަޖިސްޓްރީ ނިންމުން.

(ށ) އިންތިޚާބަށް ބޭނުންވާ ތަކެތި ހަމަކުރުން.

(ނ) އިންތިޚާބު ބޭއްވުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

(ރ) ވޯޓްލާދުވަހު ވޯޓުގެ ކަންކަން ގަވާއިދާއެއްގޮތަށް ކުރިއަށްދޭތޯ ބެލުން.

(ބ) ވޯޓްލާ ނިމުމުން އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.

4.  މަގުމައްޗަށް އަރާ ރުއްގަހަށް ބަދަލުދިނުމާއި ރުއްގަހުން ދަތިވާ މައްސަލަތައް

(ހ) މަގުމައްޗަށް އަރާ ރުއްގަހުގެ ލިސްޓްނަގައި އެ ތަކެތީގެ ވެރިން ހޯދުން.

(ށ) އަގުލިސްޓްގައިވާ ގޮތުގެމަތިން ދެފަރަތް އެއްބަސްވެ ރުއްގަހުގެ އަގު ކަނޑައެޅުން.

(ނ) ރުއްގަހުގެ ބަދަލާމެދު ވެރިފަރާތް ގަބޫލުނުވާނަމަ، ޝަރީޢަތް މެދުވެރިކޮށް ބަދަލުގެ މައްސަލަ ނިންމުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

(ރ) ރުއްގަސް ޗެކްކުރުން.

(ބ) ބަދަލުދޭ ރުއްގަސްތައް ނީލަންކިއުމާއި، އެތަކެތި ނެގުމާއި، ކުނީގެގޮތުގައި ނައްތައިލުން.

(ޅ) އެއްގޯތިން އަނެއްގޯއްޗަށް ރުއްގަހުން ދަތިވާނަމަ، ދަތިފިލުވައިދިނުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

5. ބިޑް އިވެލުއޭޓްކުރުމަށް ބޭނުންވާ އިދާރީ މަސައްކަތް ކުރުން.

6- ނީލަންކިޔުން

(ހ) ނީލަން ކިޔަންޖެހޭ ތަކެތި ވަކިކުރުން.

(ށ) ނީލަންކިޔަން އޮންނަ ދުވަހާއި ތަނާއި ގަޑި އިޢުލާންކުރުން.

(ނ) ނީލަން ނިމުމުން، ނީލަމުން ތަކެތި ނެގި ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކި ފަރާތްތަކާ ތަކެތި ހަވާލުކުރުން.  

7- އިދާރާއަށް ލިބޭ ސިޓީއާއި މެސެޖާއި ލިޔުން ފަދަ ތަކެތި އެންޓްރީކުރުމާއި، އިދާރާއިން ފޮނުވަންޖެހޭ ސިޓީއާއި މެސެޖާއި، ލިޔުން ތައްޔާރުކުރުމާއި، ފޮނުވުމާއި، ފެކްސްކުރުމާއި މެއިލްކުރުން.

8- އިންވެންޓްރީ ބެލެހެއްޓުން.

(ހ) އިދާރާގެ އިންވެންޓްރީ ބެލެހެއްޓުން.

(ށ) ރައްޔިތު އިމާރާތްތަކުގެ އިންވެންޓްރީއާއި މި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ބެލެހެއްޓުން.

9. ގޯތީގެ ރަޖިސްޓްރީއާއި، އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުން.

(ހ) ގޯތީގެ ރަޖިސްޓްރީ ހެދުމާއި ބެލެހެއްޓުން.

(ށ) އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމާއި ބެލެހެއްޓުން.

10- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

11- އައިޑީކާޑް ހެއްދުމުގެ މަސައްކަތް.

12- އިދާރާއިން ބާއްވާ އެކިއެކި ބައްދަލުވުންތަކާއި ވޯކްޝޮޕްތައް ނުވަތަ އިދާރާ މެދުވެރިކޮށް ސަރުކާރުގެ އެކިއެކި ދާއިރާތަކުން ބާއްވާ ބައްދަލުވުންތަކާއި ވޯކްސޮޕްތައް ބޭއްވުން.

(ހ) ބައްދަލުވުން ބާއްވާނެ ތަނާއި އިންތިޒާމް ހަމަޖެއްސުން.

(ށ) ބައްދަލުވުމަށް އައުމަށް މީހުންނަށް އެންގުން.

13- ކައުންސިލުން ހިންގާ ތަރައްޤީގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު ފުޅާކޮށް، އެފަރާތްތަކުގެ ބައިވެރިވުން ހޯދަން މަސައްކަތް ކުރުން.

14- ރަށުގައިހުންނަ ސަރުކާރުގެ ނުވަތަ ރައްޔިތުންގެ އިމާރާތް މަރާމާތުކުރުމުގެ ކަންކަން ބެލެހެއްޓުން.

(ހ) މަރާމާތުކުރުމަށް ދާނެ އެސްޓިމޭޓް ތައްޔާރުކުރުން.

(ށ) މަރާމާތުކުރުމަށް އިޢުލާންކުރުން.

(ނ) ބިޑް އިވެލުއޭޓްކުރުމަށްފަހު މަސައްކަތް ހަވާލުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

15- އިދާރާގެ ދިދަ ހަވާލުކުރުމާއި، ދިދަ ނަގައި ތިރިކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން.

16- ގޯތި ދޫކުރުން.

(ހ) ގޯތި ސަރަހައްދުގެ ޗާޓް ކުރެހުމަށްފަހު، ގޯތި ދޫކުރާކަމުގެ އިޢުލާން ކުރުން.

(ށ) ގޯއްޗަށް އެދޭ ފޯމު ދޫކުރުން.

(ނ) ގޯތި ނުލިބޭ ފަރާތަކަށް ޖަވާބުދިނުން.

(ރ) ގޯތި ދޫކުރުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވުން.

17- ކައުންސިލުންގެ ބެލުމުގެ ދަށުގައިވާ ފަޅުރަށް، ފަޅު ގިރި ހިންނަފަދަ ތަންތަން ކުއްޔަށް ދިނުމާއި، ހަދަންޖެހޭ އެގްރިމެންޓްތައް ހަދައި ބެލެހެއްޓުން.

18- އިދާރާއަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއްގައި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

19- ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ 2،1 ގެ ރިޕޯޓްތައް ތައްޔާރުކުރުން.

(ހ) ދަތުރު ކޮއްތާއި އެލަވަންސް ރިޕޯޓް

20- ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހެޅޭ މައްސަލަތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުން.

21- ފަޅުފުންކުރުމާއި ބަނދަރު މަރާމާތުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

22- އެކިއެކި ފަރާތްތަކުންނާއި ސަރުކާރުން ރަށަށް ބަހަން ފޮނުވާ ތަކެތި ބެހުމުގެ އިންތިޒާމް ހަމަޖެއްސުން.

23- ފައިލްކުރުން.

24- ތަހުނިޔާގެ މެސެޖާއި، ތަޢުޒިޔާ މެސެޖްފަދަ މެސެޖްތައް، ސެކްޝަނުގެ އިސްވެރިޔާގެ މަޝްވަރާގެމަތިން ތައްޔާރުކޮށް ފޮނުވުން.

25- ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑު ލެއްވުމާއި، ސެލޯފިން ލެއްވުމާއި، ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

26- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

27- މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން، ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

* ލިބިފައިވާ ތަޢުލީމާއި ތަމްރީން.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

 

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން،  "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު" ފުރިހަމަކުރުމަށްފަހު، 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13:30 ގެކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލު އިތުރުގަޑީގެ ފައިސާ.

4. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ ޝަރުޠާއި، މަޤާމުގެ ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500061 އެވެ.

17 ޝަޢުބާން 1437

24 މޭ 2016
ހޯދާ