މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ ނޮލެޖްހަބް

އިޢުލާން

މޯލްޑިވްސް ސެންޓާރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައި ދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މަޤާމު: މެނޭޖަރ ނޮލެޖްހަބް

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ދެނެގަނެ މުވައްޒަފުން ތަރައްޤީކުރުމުގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން
  2. ކުންފުނީގެ ޓްރެއިނިންގ މެނުއަލް ތައްޔާރުކޮށް، މެނުއަލަށް ގެންނަންޖެހޭ ތަރައްޤީ ގެނައުން
  3. ކުންފުނިން ހިންގާ ޓްރެއިނިންގ ޕްރޮގްރާމުތައް ތަރައްޤީ ކުރުމާއި ކޯސްތައް ސުޕަވައިޒް ކުރުން
  4. ކުންފުނިން ހިންގާ ޓްރެއިނިންގތަކާއި ކުންފުނި މެދުވެރިވެގެން ހިންގާ ޓްރެއިނިންތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުން
  5. ކުންފުނިން ކުރިޔަށްގެންދާ ދިރާސާތަކާއި ޝާއިޢުކުރާ ފޮތްތައް ޝާއިޢުކުރުމުގެ ކަންތައް ކޯޑިނޭޓްކުރުން

ތަޖުރިބާއާއި ހުނަރު:

  1. ތަޢުލީމީ ދާއިރާގައި 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  2. ޓްރެއިނިން ޕްރޮގްރާމްތައް ތަރައްޤީކޮށް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން
  3. އިސްލާމިކް ފައިނޭންސް ދާއިރާގެ ޢިލްމު ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެ

ތަޢުލީމީ ފެންވަރު:

- އެޑިއުކޭޝަން މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލު ކޮށްފައިވުން

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 2 ވަނަ ދުވަހު 15:00 ގެ ކުރިން [email protected] އަށް ސީ.ވީ. ފޮނުއްވުން އެދެމެވެ.

ހިއުމަންރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް،

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ/ ދިވެހިރާއްޖެ

ފޯނު: 9898887

 

29 މޭ 2016
ހޯދާ