ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މިވަގުތު މިއޮފީހުގައި ހުރި ހުސް މަޤާމު:

1. މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އޮޑިޓަރ

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ސެކްޝަން/ މެނެޖްމަންޓް އޮޑިޓް ޔުނިޓް

1 (އެކެއް)

-/7,035 ރުފިޔާ

-/2,000 ރުފިޔާ

3,165/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓުފިކެޓު/ ޕްރޮފެޝަނަލް ޑިޕްލޮމާ)  ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގަރެޖުއޭޓް ސެޓުފިކެޓު/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

ސަރުކާރުގެ އޮފީސްތަކުގެ މެނެޖްމަންޓް އޮޑިޓްކުރުމާއި، އޮޑިޓް ރިޕޯޓްތައް އެކުލަވާލުން.    

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 7 ޖޫން 2016 ވާ އަންގާރަަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މިމަޤާމަށް އިންޓަރވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މިއޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

 23 ޝަޢުބާން 1437

30 މޭ 2016
ހޯދާ