ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބައެއް ޢިމާރާތްތަކުގެ ފުރާޅުގެ ޓިނު ބަދަލުކުރުން

އިޢުލާން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބައެއް ޢިމާރާތްތަކުގެ ފުރާޅުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު (IUL)448/1/2016/20 (17 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ ތެރެއިން ގިނަ އަންދާސީހިސާބުގައި މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން މިއިޢުލާން ބާޠިލު ކޮށްފީމެވެ.

ވީމާ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބައެއް ޢިމާރާތްތަކުގެ ފުރާޅުގެ ޓިނު ބަދަލުކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖޫން 2016 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2016 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހުގެ ނަންބަރު 7925523 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

22 ޝަޢުބާން 1437

29 މޭ 2016
ހޯދާ