ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކަރަންޓް ވިއުގަ ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކަރަންޓު ވިއުގަ ރަނގަޅުކުރުމާ ބެހޭ

މި މަސައްކަތް ކޮށްދިނުމަށް މި މަރުކަޒުގެ ނަންބަރު: N2-SM/IUL/2016/08 (21 އެޕްރީލް 2016) އިއުލާނަށް މައުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. ވީމާ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާންކުރަމެވެ.

ތިރީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ވިލުފުށީ ޞިއްޙީ މަރުކަޒުގެ ކަރަންޓު ވިއުގަ ރަނގަޅުކުރުމަށްޓަކައި އިތުރު ޑިސްޓްރިބިއުޝަން ފޮށްޓެއް ބަހައްޓައި އެއަރކޮންޑިޝަން ބެހެއްޓުމަށް ބޭނުންވާ ސޮކެޓްތަކަށް ވަޔަރު އެޅުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

މަޢުލޫމާތުދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 13:00 ގައި މި މަރުކަޒަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ، މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާ ފަރާތުގެ، މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީއަކާއި ސިޓީއެއް ގެންނަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ، ކެނޑުން އޮންނާނީ 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 13:00 ގައި މި މަރުކަޒުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ.

މި މަސައްކަތަށް ބިޑް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 75 ޕޮއިންޓްސް (ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު 75x)
  • މުއްދަތު: 20 ޕޮއިންޓްސް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 20x)
  • ތަޖުރިބާ: 05 ޕޮއިންޓްސް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ