މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ރޫމް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސެކިއުރިޓީ ރޫމެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: (IUL)GS83/2016/19 (04 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި، ވިޔަފާރި ޤާނޫނު (ޤާނޫނު 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ (19/2014) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އަންނަ ފަރާތަށް މަޢުލޫމާތު ސާފުކުރެވޭނީ އެއް ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތަކުން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން: 2016 ޖޫން 16 ވަނަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައި

އަންދާސީހިސާބު ހުށަހެޅުން: 2016 ޖޫން 28 ވަނަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައި

މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ