މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މުދިމް/އިމާމު/އިސްއިމާމުކަމުގެ މަގާމަށް މީހަކު ހަމަޖެއްސުން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

މުދިމް/ އިމާމު/ އިސް އިމާމު

ބޭނުންވާ އަދަދު

1

މަޤާމު އޮތް އޮފީސް

މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް

ސެކްޝަން

މޮސްކް މެނޭޖްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މުލަކަ އަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތައް ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގައި ގަޑި ނުޖެހި ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުން.
  • ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަންދަންނަ، އަޑުހަރުކޮށް ބަންގިގޮވޭ ފަދަ ޤާބިލު މީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.
  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
  • މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅާ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
  • ކޭތަމާދާއި ޢީދު ނަމާދާއި ހުކުރު ނަމާދު އަދި ތަރާވީޙް ނަމާދާއި، ކަށުނަމާދު ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ އިމާމުވެ މިސްކިތުގައި ކުރުން.

މަޤާމު

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މަސްދުވަހުގެ މުސާރަ

މަސްދުވަހުގެ ސަރވިސް އެލަވަންސް

މުދިމު

 

ޖީ.އެސް 1

 

އެސިސްޓެންޓް އޮފިސަރގްރޭޑް1

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

-/3565 ރުފިޔާ

 

-/1500 ރުފިޔާ

އިމާމު

 

ޖީ.އެސް 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

-/4465 ރުފިޔާ

-/1500 ރުފިޔާ

އިމާމު

ޖީ.އެސް 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތި ޘާނަވީ ސެޓްފިކެޓް ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

-/5020 ރުފިޔާ

-/1500 ރުފިޔާ

އިމާމު

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

-/5610 ރުފިޔާ

-/2000 ރުފިޔާ

އިމާމު

އެމް.އެސް 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

-/6295 ރުފިޔާ

 

-/2000 ރުފިޔާ

އިސްއިމާމު

 

 

 

 

 

އެމް.އެސް 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައި ވުމާއެކު، އިމާމު މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

-/7035 ރުފިޔާ

 

 

 

 

-/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ އަދި މަސައްކަތަށް ރަނގަޅު ނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި، ތަމްރީން.

2 - މަސައްކަތުގެ ތަޖުރިބާ.

3 - މަސައްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މުލަކު އަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް:www.csc.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތައް. (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަގޮތަށް އޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި،
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މުލަކު އަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މުލަކު އަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު 6720606 ފޯނާ ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020267 އަށް އަދި ފެކްސް ނަންބަރަކީ 6720607

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

19 ޝަޢުބާން 1437

29 މޭ 2016
ހޯދާ