މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މުޅިރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 29 ޖޫން 2016 އާ ހަމައަށް ހުޅުވާލައިފީމެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބް ސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ފްރަންޓް އޮފީހުން ވެސް ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

22 ޝަޢުބާން 1437

 

29 މޭ 2016
ހޯދާ