ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފ. ފީއަލީގައި ޒަމާނީ ބަށިކޯޓެއް ތަރައްޤީކުރުމާ ގުޅޭ:

ފ. ފީއަލީގައި ޒަމާނީ ބަށިކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 މޭ 19 ވަނަ ދުވަހުގައި ކުރެވުނު މި އިދާރާގެ ނަންބަރު 370-C/2016/29  އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚު ފަސްކުރެވިފައިވާތީ، އެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އެހެންކަމުން، މި މަސައްކަތާ ގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ފީއަލީ ކައުންސިލުގެ އިދާރާގައެވެ. އަދި އަންދާސީހިސާބުހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ފީއަލީ ކައުންސިލުގެ އިދާރާގައެވެ.

މަޢުލޫމާތު ސާފުކުރުމުގެ އެއް ގަޑިއިރުގެ ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑްފޮތުގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ. 2016 ފެބުރުވަރީ 10 ވަނަ ދުވަހު ކުރެވުނު އިޢުލާނާ ގުޅިގެން ބިޑްފޮތް ބައްލަވައިގެންފައިވާ ފަރާތްތަކަށް އަލުން ބިޑްފޮތް ބައްލަވައިގަންނަވަން ނުޖެހޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

18 ޝަޢުބާން 1437

25 މޭ 2016
ހޯދާ