ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފުވައްމުލައް އެއަރޕޯޓުގެ ކެންޓީން ކުއްޔަށްދިނުން

އިޢުލާން

ފުވައްމުލަކު އެއަރޕޯޓުގެ ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މި އޮފީހުގެ ނަންބަރު (IUL)448/1/2016/25 (05 މޭ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މަދުކަމުންނާއި، އަންދާސީހިސާބުތަކުގެ ތެރޭގައި ތަޖުރިބާ ހުރި ފަރާތްތައް މަދުކަމުން މި އިޢުލާން ބާޠިލު ކޮށްފީމެވެ.

ވީމާ، ފުވައްމުލައް އެއަރޕޯޓް ކެންޓީން ކުއްޔަށްހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ