ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
1 ކޮޓަރީގެ އެޕާޓްމަންޓަކާއި އޮފީސް ޖާގައެއް ޏ.ފުވައްމުލަކުން ކުއްޔަށްހިފަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮފީހުގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓަކާއި އޮފީސް ޖާގައެއް ޏ. ފުވައްމުލަކުން ކުއްޔަށްހިފަން ބޭނުންވެގެން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި މި އޮފީހުގެ ނަންބަރު (IUL)196-C/1/2016/49 (26 މޭ 2016) އިޢުލާން ބާޠިލުކޮށް، 1 ކޮޓަރީގެ އެޕާޓްމަންޓަކާއި އޮފީސްޖާގައެއް ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތުތަކާއެކު 2016 ޖޫން 02 ވަނަ ދުވަހުގެ 10:00 އަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގައި ހުންނަވާ މި އޮފީހުގެ މުވައްޒަފަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ކުލި

  • ކުއްޔަށްދޫކުރަން ގަސްދުކުރާ މުއްދަތު

  • ޢިމާރާތުގެ ބޮޑުމިން (އިންތަކާއި މިންތައް ހިމެނޭގޮތުގެ) ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ކުރެހުމެއް

  • ޢިމާރާތުގެ ހާލަތު އެނގޭނެ ލިޔުމަކާއި ފޮޓޯތައް

22 ޝަޢުބާން 1437

29 މޭ 2016
ހޯދާ