މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މަސައްކަތު

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން / މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ބޭނުންވާ އަދަދު

01

ރޭންކް: SS1

ކްލެސިފިކޭޝަން

ސަޕޯރޓް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމް.އެފް.ޑީ.އޭގެ ސީޕޯޓް ފާމަސޫޓިކަލް ޔުނިޓު އަދި އެއަރޕޯޓް ފާމަސޫޓިކަލް ޔުނިޓް ކުނިކަހައި، މޮޕްލައި، ފޮޅައި ސާފުކޮށް ސީޕޯޓުގައި ހުންނަ ފާޚާނާ ދޮވެ ސާފުކުރަން. އަދި މި ޔުނިޓުތަކަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.
  • އެމް.އެފް.ޑީ.އޭގެ ހުޅުލޭގައި ހުންނަ އޮފިޝަލް ކޮންޓްރޯލް ހެލްތު ސެޓްފިކޭޝަންޔުނިޓް ކުނިކަހައި މޮޕްލައި ފޮޅައި ސާފުކުރުން. އަދި އެ ޔުނިޓަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.
  • އެމް.އެފް.ޑީ.އޭގެ ޕޯޓް ޔުނިޓް (އެއަރޕޯޓާއި ސީޕޯޓް) ކުނިކަހައި މޮޕްލައި ފޮޅައި ސާފުކުރުން. އަދި އެ ޔުނިޓްތަކަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.
  • އެމް.އެފް.ޑީ.އޭ ގައި ބޭއްވޭ މީޓިންގތަކާއި ހަފުލާތަކުގައި ކެއުމާއި ސައި ތައްޔާރުކޮށް ބެލެހެއްޓުން.
  • އެމް.އެފް.ޑީ.އޭގެ ޑިވިޜަންތަކުން އެހެން ތަންތަނަށް ފޮނުވަންޖެހޭ ތަކެތި އެ ތަންތަނަށް ގެންދިއުމާއި ހަވާލުކުރުން.
  • ހަމަޖެހިފައިވާ އުސޫލުން އެމް.އެފް.ޑީ.އޭ ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލައި ފާޚާނާ ސާފުކުރުން.
  • އޮފީހުގައި ދިމާވާ އެހެނިހެން ކަންތައްތަކުގައި ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން އޮތް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016 ޖޫން 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ 10 ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ޖޫން ނުވަތަ ޖުލައިމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ.

29 މޭ 2016
ހޯދާ