ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބުރުނީ ސްކޫލުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ހެދުމާ ބެހޭ:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ބުރުނީ ސްކޫލުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)382/382/2016/30 (17 އެޕްރީލް 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކު ޑިވޮލޮޕްމަންޓުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓުފިކެޓު ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީނުކުރާ އެއްވެސް ފަރާތަކަށް ބައިވެރިނުވޭނެ ވާހަކަ މި ފުރުސަތުގައި ހަނދުމަފުޅުކޮށް އެރުވީމެވެ. އަމިއްލަ ފަރުދުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާ ކުންފުނި / އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި ކުންފުނި / އިންވެސްޓްމަންޓުގެ ލިޔުމެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16ޝަޢުބާން 1437

23 މޭ 2016
ހޯދާ