ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ކުޅޭ ބިމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސުކޫލަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ:

މި ސުކޫލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސުކޫލުގެ ޕްރީސުކޫލްގެ ދަރިވަރުން ކުޅޭ ބިމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-92/IUL/2016/11 އިޢުލާނާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫނު ނަންބަރު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔާފާރި ޤާނޫނު ނަންބަރު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ޝަޢުބާން 2016

25 މޭ 2016
ހޯދާ