ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ގދ. ފަރެސްމާތޮޑާ އަދި ގއ. ކަނޑުހުޅުދޫ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްްޖެ:

ގދ.ފަރެސްމާތޮޑާ އަދި ގއ. ކަނޑުހުޅުދޫ ޞިއްޙީ މަރުކަޒުގައި ކުރިން ދުއްވި އެމްބިއުލާންސް އަމިއްލަ ތަކެތީގައި މަރާމާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ