ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އަލަށް ދޫކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އަލަށް ދޫކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

މި ރަށު އިރުވައިފަރާތުން މަސް ކައްކައި ހިއްކުމަށްޓަކައި ދޫކޮށްފައިވާ ބިންތަކާއި، އެ ބިންތަކާ އިންވެގެން ހެދުމަށް ހަމަޖެހިފައިވާ މަގުގައި، އޮރެންޖާއި، ފެހިކުލައިގެ ދަވާދުން 1 އިން 415 އަށް ނަމްބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ދެންނެވި ރުއްގަހުގެ ވެރިން އެ ފަރާތެއްގެ ރުއްގަހުގައި ޖަހާފައިވާ ނަމްބަރު، 2016 ޖޫން 5 ވާ އާދީއްތަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ