ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1437 ވަނަ އަހަރު ރަމަޟާންމަހު މި ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތާ ގުޅޭ

އިޢުލާން 

1437 ވަނައަހަރު ރަމަޟާން މަހު މި ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތާ ގުޅޭ:

1437 ވަނަ އަހަރުގެ ރަމަޟާން މަހު ތެރޭގައި ކީރިތި ޤުރުއާންކިޔެވުމުގެ މުބާރާތެއް ބާއްވަންވަނީ މި ކައުންސިލުން ނިންމާފައެވެ. މި މުބާރާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަންޖެހޭ މިންވަރު (މުޤައްރަރު) ތިރީގައި މިވަނީއެވެ.

މި މުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަން ޖެހޭ މިންވަރު ( މުޤައްރަރު )

  • ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި:

#

އުމުރު ފުރާ

ބަލައިގެން

ނުބަލައި

1

6 އަހަރުން ދަށް

1 ފޮތް

ސޫރަތުލްބަލަދު އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިޙާ އިން ފެށިގެން ސޫރަތުލްބަޤަރާގެ 29 ވަނަ އާޔަތަށް

2

7 އަހަރުން ދަށް

2 ފޮތް

ސޫރަތުލްއިންޝަޤާޤު އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިޙާ އިން ފެށިގެން ސޫރަތުލްބަޤާރާގެ 88 ވަނަ އާޔަތަށް

3

9 އަހަރުން ދަށް

3 ފޮތް

ސޫރަތުލް މުއްދަޘިރު އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިޙާ އިން ފެށިގެން ސޫރަތުލްބަޤަރާގެ 181 ވަނަ އާޔަތަށް

4

11 އަހަރުން ދަށް

5 ފޮތް

ސޫރަތުއްޠަލާޤު އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިހާ އިން ފެށިގެން ސޫރަތުލްބަޤަރާގެ 271 ވަނަ އާޔަތަށް

5

13 އަހަރުން ދަށް

7 ފޮތް

ސޫރަތުލްޙަދީދް އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިޙާ އިން ފެށިގެން ސޫރަތު އާލިޢިމްރާން 115 ވަނަ އާޔަތަށް

6

16 އަހަރުން ދަށް

10 ފޮތް

ސޫރަތުލްހުޖްރާތު އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިޙާ އިން ފެށިގެން ސޫރަތުއްނިސާއުގެ 57 ވަނަ އާޔަތަށް

7

 

19 އަހަރުން ދަށް

15 ފޮތް

ސޫރަތުއްދުޚާން އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިޙާ އިން ފެށިގެން ސޫރަތުއްނިސާއުގެ ނިޔަލަށް 

8

19 އަހަރުން މަތި 20 ފޮތް

ސޫރަތު ފުއްޞިލަތު އިން ފެށިގެން ސޫރަތުއްނާސް އަށް

ސޫރަތުލްފާތިޙާ އިން ފެށިގެން ސޫރަތުލްމާއިދާގެ ނިޔަލަށް

  • އުމުރު ބަލާނީ 1 ޖަނަވަރީ 2016 އަށް ފުރޭ އަހަރަށެވެ.   

ވީމާ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު، 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހު މި އިދާރާ ބަންދުވުމުގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.

މުބާރާތް ސްޕޮންސަރކުރުން:

މުބާރާތް ސޮޕޮންސަރކުރުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/10،000 (ދިހަހާސް) ރުފިޔާއެވެ.

ވީމާ، މި މުބާރާތް ސުޕޮންސަރކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 މޭ 26 ވާ ބުރާސްފަތި ދުވަހު މި އިދާރާ ބަންދުވުމުގެ ކުރިން ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1. މުބާރާތް ހިންގަން ބޭނުންފުޅުވާ ނަން
  2. ސުޕޮންސަރއަށް ހުށަހަޅާ ފައިސާގެ އަދަދާއި އެހެނިހެން ކަންތައްތައް

މި މުބާރާތަށް 1 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ސުޕޮންސަރއަށް އެދި ހުށަހަޅައިފިނަމަ މުބާރާތް ހިންގާނީ އެންމެ ބޮޑު އެހީއެއް ހުށަހަޅާ ފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.       

17 މޭ 2016
ހޯދާ