މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-231916

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:

ޕްލޭނިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/4،465 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޕްލޭނިންގ ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭންޖެހޭ ސިޓީތަކަށް ޖަވާބުދިނުމުގެ ކަންތައް، ވެރިއެއްގެ އިރުޝާދުގެދަށުން ކުރިޔަށްގެންދިޔުން.

2. ސެކްޝަނުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިގެން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށް ދޭންޖެހޭ ޖަވާބުތަކާއި މިނިސްޓްރީން ފޮނުވަންޖެހޭ ސިޓީތައް ލިޔެ، އެތަކެތި ފޮނުވައި، ކޮޕީތައް ފައިލްކުރުން.

3. ސެކްޝަނުގެ އިދާރީ ބޭނުންތަކަށް ހޯދަންޖެހޭ ތަކެތި ހޯދައިދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

4. ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ބާއްވަންޖެހޭ މީޓިންގތަކުގައި ބައިވެރިވާ ބޭފުޅުންނަށް ސިޓީ ފޮނުވުމާއި، ފޯނުން ދެންނެވުން.

5. ސެކްޝަނުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

6. ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން އެކިފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި ޑޮކިއުމަންޓް ހޯދައިދިނުން.

7. ސެކްޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކޮށް، އެޑްމިނިސްޓްރޭޓިވް ސެކްޝަނާ ހަވާލުކުރުން.

8. ސެކްޝަނަށް އަންނަ ސިޓީތަކަށް އަވަހަށް ޖަވާބުދިނުމާއި، ލަސްވާ ސިޓީތަކުގެ މައްސަލަ ވެރިންނަށް ދެންނެވުން.

9. އެންޓްރީން ސެކްޝަނަށް ލިބޭ ސިޓީތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ފައިލްކުރުމާއި، އެންޓްރީ ފޮތުގައި ނޯޓްކުރުން.

10. އަހަރީ ރިޕޯޓަށް ސެކްޝަނުން ދޭންޖެހޭ މަޢުލޫމާތު ކަނޑައެޅޭ ތާރީޚަށް އެޑްމިން ސެކްޝަނާ ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 13 ވާ ހޯމަދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016  ޖޫން - ޖުލައިމަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި  މިނިސްޓްރީގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ