މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުދާ އުފުލާ ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ އެކިއެކި މަސައްކަތްތަކުގައި ބޭނުންކުރުމަށް، މުދާ އުފުލާ ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 (ފަސް ސަތޭކަ) ރުފިޔާއެވެ. ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 26 މޭ 2016 ން 31 މޭ 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަން ފޮތް ދޫކުރުން އޮންނާނީ 2016 ޖޫން 01 ވަނަ ދުވަހުގެ ރަސްމީ ގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 05 ވަނަ ދުވަހުގެ 14:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 ޖޫން 09 ވަނަ ދުވަހުގެ 11:00 އެވެ.

26 މޭ 2016
ހޯދާ