ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިއަށް ބިން ކުއްޔަށްދޫކުރުން

އިޢުލާން

ކުލީ ބިމުގެ ގޮތުގައި ތެލުގެ ވިޔަފާރިއަށް ބިން ކުއްޔަށްދޫކުރުން:

ތެލުގެ ވިޔަފާރީގެ މަސައްކަތް ކުރުމަށްޓަކައި ބަނދަރުގެ ހުޅަނގު ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާ 1000 އަކަފޫޓުގެ 02 ބިން 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިމުގެ ކުލި:

މީލާދީ ކޮންމެ މަހަކަށް އަކަފޫޓަކަށް 0.45 ލާރި (ސާޅިސް ފަސް ލާރި)

ބިން ކުއްޔަށްދޫކުރުމަށް ނިންމާފައިވާ ގޮތް:

ބިމަށް އަރާ ރުއްގަހުގެ ތެރެއިން ނަގަން ބޭނުންވާ ރުއްގަސް ނަގައި، ސާފުކުރުމަކީ ބިމާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. ބިމުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށްޓަކައި ކުލި ނުހިނގާގޮތަށް 150 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ބިމާ ހަވާލުވާ ފަރާތުން އިޖުތިމާޢީކަމެއްގެ ގޮތުގައި ރަށަށް ފައިދާހުރި ކޮންމެވެސް ކަމެއް ކުރަންޖެހެއެވެ. މި ގޮތުން ކުރާ މަސައްކަތެއް 05 އަހަރު ދުވަހުގެ ތެރޭގައި ނުނިންމައިފިނަމަ އެ ފަރާތުން ބިން އަނބުރާ ކައުންސިލަށް ނެގޭނެއެވެ.

ބިމަށް އެދި ހުށަހެޅުން:

ބިމަށް އެދި ހުށަހަޅާއިރު ބިމުގައި ކުރަން ގަސްތުކުރާ މަސައްކަތުގެ ތަފުސީލު އަދި ބިން ތަރައްޤީކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަން ވާނެއެވެ. މި ތަފުސީލާއެކު އިޖުތިމާޢީ ކަމެއްގެ ގޮތުގައި ކުރާނެކަމަކާއި އެކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު އަދި ފާއިތުވި 6 މަސްދުވަހުގެ ބެންކު އެކައުންޓްގެ ސްޓޭޓްމަންޓް ހުށަހަޅުއްވަންވާނެއެވެ.

ބިން ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށް:    % 20

ބިން ތަރައްޤީކުރާނެ ގޮތުގެ ޕްރޮޕޯސަލަށް: % 40

އިޖުތިމާޢީ ފައިދާއަށް ކޮށްދޭނެ ކަމަކަށް: % 40

ވީމާ، ތެލުގެ ވިޔަފާރިއަށް ބިން ކުއްޔަށްހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިޢުލާނުގައިވާ ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ އަދަދު އެކަކަށްވުރެ ގިނަނަމަ ބިން ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ ޕްރޮޕޯސަލްތައް އިވަލުއޭޓުކުރުމަށްފަހުގައެވެ. އިޢުލާނުގައިވާ ސުންގަޑި ހަމަވާއިރު އެންމެ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާނަމަ އެ ފަރާތެއްގެ ޕްރޮޕޯސަލްގެ ޝަރުޠު ހަމަވޭތޯ ބެލުމަށްފަހު ޝަރުޠު ހަމަވާނަމަ އެ ފަރާތަކަށް ބިން ހަވާލުކުރެވޭނެއެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ