ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
06 ޓެންޓް ގަންނަން ބޭނުންވެއްޖެ

އިޢުލާން

ފުވައްމުލަކުގައި ބާއްވާ އެތްލެޓިކްސް މުބާރާތަށް 06 ޓެންޓް ގަތުން:

މި އިދާރާއިން އިންތިޒާމްކޮށްގެން 21 ޖުލައި 2016 ން 24 ޖުލައި 2016 އަށް މި އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޓޯލް އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތަށް 06 ޓެންޓް ގަތުމަށް މި އިދާރާއިން  ކުރި ނަންބަރު (IUL)243-S02/243/2016/16 (09 މޭ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ޓެންޓް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 30 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 2 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ