ދިވެހިރާއްޖެ
އިޢުލާން
ހައިޑްރޯލިކް ސިސްޓަމް ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމާބެހޭ
މި ޑިޕާޓްމަންޓްގެ 3 ނަންބަރު ގޭޓުގެ ހައިޑްރޯލިކް ސިސްޓަމް ގަންނަން ބޭނުންވެގެން ފަސްވަނަ ފަހަރަށް ކުރެވުނު 198-F/2016/42 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުލުވާލަމަވެ. މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006213 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 1 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޝަޢުބާން 1437