ދިވެހިރާއްޖެ
މަޤާމް :ވޮޗަރ | |
---|---|
ބޭނުންވާ އަދަދު :1 | |
ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ. މަޤާމު: ވޮޗަރ ގރ. 1 އަދަދު: 1 މުސާރަ: -/2620ރ މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސ. ހިތަދޫ ފިހާރަ އެހެނިހެން އިނާޔަތްތައް: * އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ. * ޕެންޝަން މަޤާމުގެ މަސްއޫލިއްޔަތު: * ކަނޑައެޅިފައިވާ ޑިއުޓީގައި ތަން ބެލެހެއްޓުން * ތަނަށާއި އަދި މުދަލަށް ގެއްލުމެއް ލިބިދާނެ ކަމެއް ހިނގާތޯ ބަލައި ޗެކްކުރުން * ކަނޑައެޅިފައިވާ ޑިއުޓީގައި ފިހާރައަށް ވަދެނިކުމެވާ ފަރާތްތައް ބަލައި މޮނިޓަރކުރުން * ކަނޑައެޅިފައިވާ ޑިއުޓީގައި ހިނގާ ކަންތައްތައް ބަލައި އެކަންތައްތަކާބެހޭ ރިޕޯޓްތައް ދުވަހުން ދުވަހަށް ދިނުން ތަޢުލީމާއި ތަޖުރިބާ: * ގްރޭޑް 7 ގެ ފެންވަރު ހުރުން * މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ. * ސިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން އަދި ޝިފްޓް ޑިއުޓީ އަދާކުރެވޭނެ މީހެއް ކަމުގައިވުން ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 1 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 137 ނަންބަރު (ސ. ހިތަދޫ) ފިހާރައިންނާއި، އެސްޓީއޯ ހެޑްއޮފީހުގެ ކައުންޓަރުންނާއި އަދި އެސްޓީއޯގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ނޯޓް: އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ. ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ނުވަތަ އެސްޓީއޯ 137 ފިހާރަ، ސ. ހިތަދޫ ފޯން: 3344273 ވެބްސައިޓް: /http://sto.mv |