މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ ފަރާތްތައް ހޯދުމަށް

އިޢުލާނު

މި ކޯޕަރޭޝަންގެ ފަރާތުން 1437ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

  • ކައްކާ

އަދަދު:

  • 10

ފެންވަރު ނުވަތަ ޝަރުޠު

  • މައްކާ، މަދީނާ އަދި މިނާގައި ދިވެހި ޙާޖީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މި ޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކާ ގަޑިތަކުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ޙާޖީންނަށް ގަޑިންގަޑިއަށް ކެއްކުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމު:

  • ސަޕޯޓް ސަރވިސް  އޮފިސަރ

އަދަދު:

  • 06

ފެންވަރު ނުވަތަ ޝަރުޠު

  • ޙައްޖު އަދި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އަރަބި ނުވަތަ އިނގިރޭސި ނުވަތަ އުރުދޫ ބަސް އެނގޭ ފަރާތެއް ކަމުގައި ވުން.

މަސްއޫލިއްޔަތު:

  • ގަޑިން ގަޑިއަށް ކާންހެދުމާއި ކާ ގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.
  • ކެއުމުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން
  • މައްކާ، މަދީނާ، މިނާ އަދި އަރަފާތުގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ކޯޕަރޭޝަނުން އަންގާގޮތެއްގެ މަތިން ހަމަޖެއްސުން.
  • ޙައްޖުގެ މަޝާޢިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން

މަޤާމު:

  • ކަސްޓަމަރ ސަރވިސް އޮފިސަރ

އަދަދު:

  • 03

ފެންވަރު ނުވަތަ ޝަރުޠު

  • ޙައްޖު އަދި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޢަރަބި ބަހުން މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން

މަސްއޫލިއްޔަތު:

  • ޙައްޖުވެރިންނަށް މައްކާ، މަދީނާގެ ހޮޓަލުގައި ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުން
  • ހޮޓަލުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައިކަންކަމުގައި އެހީތެރިކަން ފޯރުކޮއްދިނުން
  • ޙައްޖުވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ހޮޓަލާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުން

މަޤާމު:

  • ޑޮކްޓަރު

އަދަދު:

  • 03

ފެންވަރު ނުވަތަ ޝަރުޠު

  • މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވުމާއެކު ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.    
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން
  • އަންހެނެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  • ޙައްޖު ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމު ކުރުމުގެ  މަސައްކަތްތައް ކުރިއަށް ގެންދިއުން.

މަޤާމު:

  • ނަރުސް

އަދަދު:

  • 06

ފެންވަރު ނުވަތަ ޝަރުޠު:

  • ނަރުސް ކަމުގެ ސަނަދުއޮތުމާއެކު މޯލްޑިވްސް ނަރސިންގ ކައުންސިލުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ސިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • އަންހެން ބޭފުޅެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
  • ޙައްޖު ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ  މަސައްކަތުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 2016 ޖޫން 5 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢާމަލާތްކުރަން އެނގިވަޑައިގަންނަވާ ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

 

24 މޭ 2016
ހޯދާ