ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި،  ޤާބިލު މީހުންނެވެ.

މި ވަގުތު މި އޮފީހުގައި ހުރި ހުސް މަޤާމް:

މަޤާމުގެ ނަން:

މަޤާމުގެ ރޭންކް:

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

މަސައްކަތު

އެސް. އެސް. 1

ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން

3 (ތިނެއް)

މަހަކު -/3,100 ރުފިޔާ

މަހަކު -/1,000 ރުފިޔާ

މަހަކު -/1,395 ރުފިޔާ (އަސާސީ މުސާރައިގެ %45)

މަހަކު -/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:

- ލިޔަންކިޔަން ދަތުން.

- ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

- އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

ހައުސްކީޕިންގއާއި މެއިންޓަނަންސްގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު، 2016 މޭ 31 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަޤާމުގެ އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ، www.presidencymaldives.gov.mv އެވެ.

 17 ޝަޢުބާން 1437

24 މޭ 2016
ހޯދާ