ދިވެހިރާއްޖެ
މަޤާމް :ލޭބަރަރ | |
---|---|
ބޭނުންވާ އަދަދު :3 | |
ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މަޤާމު: ލޭބަރަރ ގރ. 1 އަދަދު: 03 މުސާރަ: -/3240ރ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 މަސް) މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހުޅުމާލެ ފިހާރަ އެހެނިހެން އިނާޔަތްތައް: * އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ ހަމަޖައްސައިދެވޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: * އޯޑަރުތަކަށް މުދާ ޑެލިވަރީކޮށް މުދާ ސައިޓްތަކުގައި ޖެއްސުން. * ފިހާރައަށް ގެނެވޭ މުދާ (ފިޔާ، އަލުވި، ބިސް) ގުދަނުގައި ޖެއްސުމާއި އަދި ދޮވެ ސާފުކުރުން. * ރެކްތަކުން ހިރަފުސް ފޮޅުމާއި އަދި މުދާ ޖެއްސުމަށް އެހީތެރިވެދިނުން. * ޑެލިވަރީ ކުރާ މުދާ ވެހިކަލަށް އެރުވުމަށް އެހީތެރިވުން. ތަޢުލީމާއި ތަޖުރިބާ * ދިވެހި އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން * ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން * މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން * މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހުޅުމާލެ ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ނޯޓް: އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ. ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344272 ފެކްސް: 3344041 ވެބްސައިޓް: www.sto.mv އެސްޓީއޯ ހުޅުމާލެ ފިހާރަ ބަގީޗާހިނގުން ، ކ. ހުޅުމާލެ ފޯން: 3012647 15 ޝަޢުބާން 1437 |