މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންންޓް ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންންޓް ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.trade.gov.mv ޒަމާނީ ފެންވަރަށް ޑިވެލޮޕްކުރުމަށް ކުރި، ނަންބަރު 101AF/1/2016/53 އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އިޢުލާނު ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރުމަށް 3333119، 7530042 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މި ބިޑާ ގުޅޭ ޓަރމްސް އޮފް ރިފަރެންސް އަދި ބިޑް އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ. ބިޑް ހުށަހެޅުން އޮންނާނީ 29 މޭ 2016 ވާ އާދީއްތަ ދުވަހުގެ 13:00 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމުގައެވެ.

14 ޝަޢުބާން 1437

22 މޭ 2016
ހޯދާ