މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ހައްދުންމަތީ ގުރައިދޫއާއި ކަށިދޫގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް

ހައްދުންމަތީ (ލ) ގުރައިދޫއާއި ކަށިދޫގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން:

ހައްދުންމަތީ (ލ) ގުރައިދޫއާއި ކަށިދޫގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަން ހާމަކޮށް މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅާ ކަރުދާހާއެކު ތިރީގައިމިވާ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅާ ކަރުދާހާއެކު ހިމަނަންޖެހޭ މަޢުލޫމާތު:

  1. ޝައުޤުވެރިކަން ހާމަކުރުމަށް އެދި ހުށަހަޅާ ސިޓީ. (މި ސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު ނުވަތަ އެފަރާތް ތަމުސީލުކުރާ ފަރާތެއްގެ މަޢުލޫމާތު ހިމަނަންވާނެއެވެ.)
  2. ރަށުގެ އެކުއިޒިޝަން ކޮސްޓް ދެއްކުމަށް އެއްވެސް އިއުތިރާޒެއް ނުކުރާކަމުގެ ލިޔުން.
  3. މިރަށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ޖޫން 2018 ގެ ނިޔަލަށް ތަރައްޤީކޮށް ނިންމުމަށް އެއްބަސްވާކަމުގެ ލިޔުން.

ޝައުޤުވެރިކަން ހުށަހަޅަންޖެހޭ ތާރީޚު:

ޝައުޤުވެރިކަން ހުށަހަޅަންޖެހޭ ތާރީޚަކީ މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި (2 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ) 13:30 ގެ ކުރިންނެވެ.

ޝައުޤުވެރިކަން ހުށަހެޅުން

ޝައުޤުވެރިކަން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.

“EOI FOR THE DEVELOPMENT OF TOURIST RESORTS”

ޝައުޤުވެރިކަން ހުށަހަޅާނީ:

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3022200 960 +، ފެކްސް ނަންބަރު: 3322512 960 +

އީމެއިލް: [email protected] އަށެވެ.

ހުށަހެޅުންތައް ބަލައި ފާސްކުރުން:

ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މަޢުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމުން ބަލައި މިންކުރެވޭނެއެވެ. މި މިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކާއެކު ސަރުކާރު ހިއްސާވެގެން ރިޒޯޓް ތަރައްޤީކުރުމަށް ނިންމައިފައިވާނަމަ އެފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

މިކަމާ ގުޅާގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންނަމަ، ތިރީގައި ދެންނެވިފައިވާ ފަރާތާ ގުޅުއްވުން އެދެމެވެ.

ފާތިމަތު ޝަރުމާ       

ސީނިއަރ ޕްލޭނިންގ އޮފިސަރ

މިނިސްޓްރީ އޮފް ޓޫރިޒަމް،

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 3022200 960 +، ފެކްސް ނަންބަރު: 3322512 960 +

އީމެއިލް: [email protected]

18 މޭ 2016
ހޯދާ