މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

ވަޒީފާގެ ފުރުޞަތު

މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަސައްކަތްކުރުމަށް ކޮންސަލްޓެއް ބޭނުންވެއްޖެއެވެ.

ނަން: ކޮންސަލްޓަންޓް

މުސާރަ: މަހަކު -/18,000  އާއި -/20,000 ރުފިޔާއާ ދެމެދު

ބޭނުންވާ އަދަދު: 1

މުއްދަތު : 6 (ހައެއް) މަސްދުވަސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ފޮރިން ސާވިސްގައި ޕްރޮފެޝަނަލް މުވައްޒަފުން ބިނާކުރުމަށްޓަކައި ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ ކަރުދާސް ތައްޔާރުކުރުމާއި ރާވައި ހިންގުން.
  • ފޮރިން ސާވިސްގައި އެމްބެސެޑަރުންނާއި މިޝަންތަކުގެ މަސައްކަތާ ހަވާލުވާ މުވައްޒަފުންނަށް ބްރީފިންގ ސެޝަން ރާވައި ހިންގުން.
  • މިނިސްޓްރީން މިޝަންތަކަށް ފޮނުވާ މުވައްޒަފުން އަދި މިނިސްޓްރީއަށް ވަނުމަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ދެވޭ އިމްތިޙާން ކަރުދާސް ތައްޔާރުކުރުން.
  • ފޮރިން ސާވިސްގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން "ލެކްޗަރ ސީރީޒް" ރާވައި ހިންގުން.

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

  •  މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މިފަދަ މަސައްކަތެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީ ތައުލީމު ދިނުމުގެ ހުނަރާއި ޤާބިލިއްޔަތު ހުރުން.

ވީމާ، މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ، އަސްލާ އެއްގޮތްކަމަށް އެޓެސްޓް ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

19 މޭ 2016
ހޯދާ