މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އއ.އުކުޅަހު ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އއ.އުކުޅަހު ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ އއ.ރަސްދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ އއ.އުކުޅަސް ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 20 ވާ ބުދަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ އއ.ރަސްދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ އއ.އުކުޅަސް ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 މޭ 2016
ހޯދާ