މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގޯޕްރޯ އަދި މައިކްރޯ އެސްޑީ ކާޑު ގަތުމާ ބެހޭ

އިޢުލާން

މި މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ 08 ގޯޕްރޯ ކެމެރާ އަދި 08 މައިކްރޯ އެސް.ޑީ ކާޑު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 31 (IU)138-AS6/2016/ އިޢުލާނާ ގުޅިގެން ދީފައިވާ ސްޕެސިފިކޭޝަން ބަދަލުވެފައިވާތީ އެ ބިޑު ބާތިލުކޮށް އަލުން މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 25 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 02 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

11 ޝަޢުބާން 1437

18 މޭ 2016
ހޯދާ