އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އދ. ފެންފުށީ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

އދ. ފެންފުށީ މަސްޖިދުއްތަޤުވާ އަދި މަސްޖިދުއްނޫރު މިސްކިތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އދ.ފެންފުށީ ކައުންސިލް އިދާރާގެ މީޓިންގްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 31 މޭ 2016 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކައުންސިލް އިދާރާގެ މީޓިންގްރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރުމަށް ބޭފުޅަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ބޭފުޅެއްކަން ބަޔާންކުރާ ސިޓީއަކާއެކު ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު އައިޑީކާޑު ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމަވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ