ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ނަން ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

އެކެޑަމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ދިވެހިބަހާއި ދިވެހި އަދަބިއްޔާތާއި ދިވެހި ތާރީޚަށް މަސައްކަތް ކުރަމުންގެންދާ ފަރާތްތަކާއި، މަސައްކަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން "އެކެޑަމީ އިނާމު"ގެ ނަމުގައި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ ތެރޭގައި، ދިވެހިބަހުގެ ދާއިރާއާއި ދިވެހި އަދަބިއްޔާތުގެ ދާއިރާއާއި ދިވެހި ތާރީޚުގެ ދާއިރާ ހިމެނެއެވެ.

އެކެޑަމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަމުގައާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ ނަމުގައި ވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

ވީމާ، އެކެޑަމީ އިނާމަށް ނަން ހުށަހެޅުމަށްޓަކައި "އެކެޑަމީ އިނާމަށް ނަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، "އެކެޑަމީ އިނާމު" ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީއަށް އެޑްރެސްކޮށް 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ. މި އިނާމާބެހޭ މަޢުލޫމާތާއި 'އެކެޑަމީ އިނާމަށް ނަން ހުށަހަޅާ ފޯމު' މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން އަދި ރަސްމީ ގަޑީގައި، މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އެކެޑަމީގެ 3345285 ނުވަތަ 3345299 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 10 ޝަޢުބާން 1437

17 މޭ 2016
ހޯދާ