ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭއިން ގޯތި ދޫކުރުން

އިޢުލާން

ކޮނޑޭއިން ގޯތި ދޫކުރުން:

ކޮނޑޭގެ ހުޅަނގުދެކުނުފަރާތުން ދިޔަދޫ ސައިޓް ސަރަޙައްދުން ދިރިއުޅުމަށްޓަކައި 3000 އަކަފޫޓުގެ 30 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން 2016 މޭ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މުއްދަތު ހަމަވާފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ގައިގައި ހުންނަންޖެހޭ ޝަރުޠުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން
  • އުމުރުން 21 އަހަރު ފުރިހަމަވެފައިވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން.
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން.
  • އެންމެދު އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  • ހުށަހަޅާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައި ނެތުން.

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތް:

1. ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓުގެ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ފުލެޓަކުން ބައެއް ލިބިފައިނުވާނަމަ 50 ޕޮއިންޓް.

   ހ. ލިބިފައިވާ ގޯއްޗެއް ދޫކުރުމަށް އިޤްރާރުވާނަމަ ބެލެވޭނީ ގޯއްޗެއް ނެތް ކަމަށެވެ.

2. މީހަކާ އިނދެގެން ހުރިނަމަ 15 ޕޮއިންޓް.

3. 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ 04 ޕޮއިންޓް.

  ހ. 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 03 ޕޮއިންޓް. (މިބަޔަށް އެންމެ ގިނައިން ދެވޭނީ 10 ޕޮއިންޓެވެ.)

4. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްނަމަ 07 ޕޮއިންޓް.

5. ކޮނޑޭ ނޫން އެހެން ރަށެއްގެ ރައްވެއްސެއްނަމަ 18 ޕޮއިންޓް.

ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައެޅުން:

  • ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ  ގޯތި ދޫކުރުމަށް މިއިދާރާއިން ކަނޑައަޅާފައިވާ ކޮމިޓީން ފޯމުތައް ދިރާސާކޮށް މާކްސް ދިނުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 30 ފަރާތަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި 30 ވަނައަށް އެއްފަރާތަށް ވުރެ ގިނަ ފަރާތް ހޮވިއްޖެނަމަ 30 ވަނަ ފަރާތް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

08 ޝަޢުބާން 1437

15 މޭ 2016
ހޯދާ