ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ފަރުނީޗަރު ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އޭޖެންސީއަށް ބޭނުންވާ ބައެއް ފަރުނީޗަރު ގަންނަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

30 މޭ 2016

ހޯމަ

10:00 (ހެނދުނު)

އަންދާސީހިސާބު ހުށަހެޅުއްވުން

02 ޖޫން 2016

ބުރާސްފަތި

10:00 (ހެނދުނު)

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ