މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގެ ވިޔަފާރިއާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބިޒްނަސް ސަރވިސް އޭޖެންޓް ހޯދުމާގުޅޭ

އިޢުލާން

މި މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓަރީގެ ޚިދުމަތްތައް "ބިޒްނަސް ސަރވިސް އެޖެންޓެއް" މެދުވެރިކޮށް ފޯރުކޮށްދިނުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 24 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 02 ވަނަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް، 2016 މޭ 24 ވަނަ ދުވަހު ބޭއްވޭ މަޢުލޫމާތު ސެޝަނުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމަވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 3333193 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

19 މޭ 2016
ހޯދާ