ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ވޮޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒު

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކަނޑައެޅިފައިވާ ގަވާއިދުގެމަތިން ޑިއުޓީ އަދާކުރުން.

2. ޞިއްޙީ މަރުކަޒާއި، ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން.

3. މަރުކަޒުން ޚިދުމަތް ލިބިގަތުމަށް އަންނަ މީހުންނާއި، ބަލިމީހުން ކައިރިއަށް ޒިޔާރަތްކުރާ މީހުންނާއި، އެހީތެރިންނަށް، އެކަމަށް ހަމަޖެހިފައިވާ ގަޑިތައް އޮޅުންފިލުވައިދީ، އެމީހުންގެ ޢަމަލުތައް ބަލައި ކޮންޓްރޯލްކުރުން.

4. ޞިއްޙީ މަރުކަޒަށް އެތެރެވާ ތަކެއްޗާއި ބޭރުވާ ތަކެއްޗަކީ ނަހަމަގޮތުގައި ބޭރުވާ ނުވަތަ އެރެވާ ތަކެތިތޯ ބެލުން.

5. މަރުކަޒުގެ ގޯތިތެރޭގައިވާ ގަސްތައް ބެލެހެއްޓުން.

6. އިމާރާތާއި ގޯއްޗާއި އެއްވެސް އެއްޗަކަށް  ދިފާނެ ގެއްލުމަކުން ތަން ސަލާމާތްކުރުން.

7. މީގެ އިތުރުން، ޞިއްޙީ މަރުކަޒުން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ހަވާލުކުރެވޭ، ޞިއްޙީ މަރުކަޒުގެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން، މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ)

6. ވަޒީފާއަށް  އެދޭ  ފަރާތުގެ  ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 މޭ 30 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން މި މަރުކަޒަށް (ހުށަހަޅާ ތަކެތި ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް މި މަރުކަޒުގެ އޮފީސްބައިން ކުރިއަށްދާނެއެވެ.)

ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް  ކުރިމަތިލާ  ފަރާތަކުގެ  އަދަދު  10  އަށްވުރެ  އިތުރުވެއްޖެނަމަ،  އިންޓަވިއު  ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

އިންޓަވިއު އޮންނާނަ ތަނާއި، ތާރީޚު:

2016 ޖޫން މަހުގައި، ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6780503 ނަންބަރު ފޯނަށް ނުވަތަ 7615606 ނަންބަރު ފޯނަށެވެ.

 12 ޝަޢުބާން 1437

19 މޭ 2016
ހޯދާ