ދިވެހިރާއްޖެ
އިޢުލާނު
ފަޔަރވޯލްއެއް ގަންނަން ބޭނުންވެއްޖެ
ކޮމިޝަނުގެ އިދާރާގެ ނަންބަރު: 25(A)AB-2016/ (08 މޭ 2016) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް ފަޔަރވޯލްއެއް ވިއްކާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
# |
ޚިދުމަތް |
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ހުށަހެޅުން |
||
ތާރީޚު |
ގަޑި |
ތާރީޚު |
ގަޑި |
||
1 |
ފަޔަރވޯލް |
25 މޭ 2016 (ބުދަ) |
10:00 |
29 މޭ 2016 (އާދީއްތަ) |
10:00 |
ވީމާ، ފަޔަރވޯލް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭނެ ތަކެތި:
- ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
- މުއްދަތު:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
- މަސައްކަތަށް ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު (ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި ކަންކަމުގައި މަސައްކަތަށް ކުރިމަތިލާ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
- އެ މަސައްކަތަކާއި ގުޅިގެން ކޮމިޝަނުން ދޭ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތުތައް.
ނޯޓު:
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
- ހިލާލީމަގު، މާފަންނު
- މާލެ، ދިވެހިރާއްޖެ
12 ޝަޢުބާން 1437