މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވީޑިއޯ ކޮންފަރެންސް ސިސްޓަމެއް ގަތުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ބޭނުމަށް ވީޑިއޯކޮންފަރެންސް ސިސްޓަމެއް ގަތުމަށް ކުރެވުނު ނަންބަރު 55(IU)138-AS6/2016/ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 25 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 02 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

11 ޝަޢުބާން 1437

18 މޭ 2016
ހޯދާ